f

 

އިސްލާމިކް ޑިމޮކްރެޓިިކް ޕާޓީގެ އަސާސީ ޤަވާއިދު

 

މާއްދާ 1

ޕާޓީގެ ނަން، ނިޝާން، ކުލަ، އޮފީސް

 

1.1 މިސިޔާސީ ޕާޓީގެ ނަމަކީ "އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ" އެވެ. މިޕާޓީގެ ކުރުނަމަކީ " އައި،ޑީ، ޕީ" އެވެ.  1.2 މި ޕާޓީގެ ރަސްމީ ނިޝާން މި ޤަވާއިދުގެ 1 ވަނަ ޖަދުވަލުގައި އެވަނީއެވެ.  

1.3 މި ޕާޓީގެ ކުލައަކީ ފެހިކުލައެވެ. މިޤަވާއިދުގެ ޖަދުވަލު 2 ގައި އެވަނީ މިޕާޓީ ރަމްޒު ކޮށްދޭ ފެހި ކުލައެވެ.

1.4 މި ޕާޓީގެ އިދާރާ ހުންނާނީ ހ. ކުއީން އޮފް ދަ ނައިޓް 1 ވަނަ ފަންގިފިލާގައެވެ. އަދި ޤައުމީ ހިންގާ ކޮމެޓީއިން ކަޑައަޅާ ތަނެއްގައި ޕާޓީ ގެ އޮފީސްތައް ޤާއިމް ކުރެވިދާނެއެވެ.

 

މާއްދާ 2

ޤާނޫނީ ހާލަތު

 

2.1 ޤައުމާއި ރައްޔިތުންގެ ކުރިއެރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމުގެ ފުރިހަމަ ހައްޤު އައި،ޑީ،ޕީ އަށް ލިބިގެންވެއެވެ.

2.2 އައި،ޑީ،ޕީ އަކީ އައި،ޑީ،ޕީ ގެ މަޤާމް ތަކަށް އަބަދުވެސް މީހުން އިސްވުމުގެ ފުރުސަތު އޮތް ޕާޓީ އެކެވެ.

2.3 އަމިއްލަ ނަމުގައި ދަޢުވާ އުފުލުމާއި، ދަޢުވާ ލިބިގަތުމާއި، މުދާ ހޯދުމާއި، ދޫކުރުމުގެ ޙައްޤު އައި،ޑީ،ޕީ އަށް ލިބިގެންވެއެވެ.  

 

މާއްދާ 3

ޕާޓީގެ މައިގަނޑު މަޤަުސަދު ތަކާއި އުސޫލު ތައް.

 

3.1 އިސްލާމް ދީން ނޫން ދީނެއް ރާއްޖެ އަށް ތަޢާރަފް ކުރިޔަ ނުދިނުމާއި ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ރާއްޖެ އަބަދަށް ބޭއްވުން.

3.2 އިސްލާމީ އުސޫލުތަކުގެ ތެރެއަށް ފެތޭ ޑިމޮކްރެސީ އެއް ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރުން.

3.3 ދިވެހިރާއްޖެ އިޤްތިސާދީ އަދި އިޖުތިމާޢީ ގޮތުން ކުރިއަރުވާ ތަރައްޤީ ކުރުމަށް މަސައްކަތް ކުރުން.

3.4 އަމަލުވާ ތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމާއި ކުށްކުރުން މަދުކުރުމަށް މަސައްކަތް ކުރުން.

3.5 އެމީހަކު ދިރިއުޅުމަށް ހަމަޖެހިފައިވާ ރަށެއްގައި އުޅެވޭނޭ ގެދޮރުގެ ތަނަވަސްކަން ހޯދައިދިނުމަށް މަސައްކަތް ކުރުން.

3.6 ދިވެހިރާއްޖެ މިނިވަންކަންމަތީ އަބަދަށް ބޭއްވުމަށް މަސައްކަތް ކުރުން.

3.7 ރާއްޖޭގައި ހުޅުވާލެވިގެން ބާއްވާ އިންތިޚާބު ތަކުގައި ވާދަކުރުން.

 

މާއްދާ 4

މެމްބަރުކަން އަދި މެމްބަރުންގެ ހައްޤުތަކާއި ވާޖިބުތައް.

 

4.1 މިޕާޓީގެ އުސޫލުތަކާއި މަޤުސަދުތައް ޤަބޫލު ކުރާ 21 އަހަރުން މަތީގެ ކޮންމެ މުސްލިމް ދިވެހިރައްޔިތަކަށް މިޕާޓީގެ މެމްބަރަކަށް ވުމުގެ ފުރުސަތު އޮންނާނެއެވެ.

4.2 މި ޕާޓީގެ މެމްބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ތަކަކީ:

      ހ. މިޕާޓީގެ ސިޔާސަތުތަކާއި، އުސޫލުތަކާއި، އަސާސީ ޤަވާއިދާއިި އާންމު ބައްދަލުވުންތަކުގައި ކަނޑައަޅާ ކަނޑައެޅުންތަކާއި އެއްގޮތަށް އަމަލުތައް ބަަހައްޓާ މީހަކަށްވުން.

      ށ. ޕާޓީގެ މަސްލަޙަތުތަކަށް ބުރޫ ނާރާނެގޮތަށް ޕާޓީގެ މެމްބަރުންގެ އަޚުލާޤު ބެހެއްޓުން.

      ނ. ޕާޓީގެ ނިންމުންތަކާއި އުޞޫލުތަކާއި ޕާޓީއަށް މުހިންމުކަންތައްތައް ކުރިއަރުވާ ތަރައްޤީ ކުރުމަށް މަސައްކަތް ކުރާ މީހަކަށްވުން.

4.3 ޕާޓީގެ ހުރިހާ އިންތިޚާބެއްގައި ވޯޓުދިނުމުގެ ޙައްޤު ޕާޓީގެ މެމްބަރުންނަށް ލިބިގެންވެއެވެ. މިޕާޓީގެ މެމްބަރުންނަށް ޕާޓީއިން ހިންގާ ހުރިހާ ޙަރަކާތެއްގައި ބައިވެރިވުމުގެ ޙައްޤު ލިބިގެންވެއެވެ. ޕާޓީގެ ކޮންމެ މެމްބަރަކަށްވެސް ޕާޓީގެ މަޤާމްތަކަށް ކުރިމަތިލުމުގެ ޙައްޤު ލިބިގެންވެއެވެ. އަދި ޕާޓީގެ މަޤާމަކަށް ހޮވިއްޖެނަމަ އެމީހަކު ދިވެހިރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތެއްގެމަތިން އެވާޖިބު އަދާކުރަން ޖެހޭނެއެވެ.

4.4 އައި،ޑީ،ޕީ ގެ މެމްބަރެއްނޫން އެއްވެސް މީހަކަށް އައި،ޑީ،ޕީ ތަމްސީލް ކުރުމުގެ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިއެއް ނުވެވޭނެއެވެ.

4.5 އައި،ޑީ،ޕީ ގެ މެމްބަރުކަމުން ވަކިވުން/ވަކިކުރުން.

      ހ. އައި،ޑީ،ޕީ ގެ މެމްބަރުކަމުން ވަކިވުމަށް އެދި އައި،ޑީ،ޕީ ގެ އޮފީހަކަށް ފޮނުވާ ލިޔުމަކުން މެމްބަރުކަމުން     ވަކިވެވިދާނެއެވެެ.

      ށ. ޕާޓީގެ މެމްބަރަކު އެހެން ޕާޓީއެއްގައި ޙަރަކާތްތެރިވާކަން އެގިއްޖެނަމަ އެމީހަކު ވަކިކުރުމުގެ އިޚުތިޔާރު    އައި،ޑި،ޕީ ގެ ޤައުމީ ހިންގާ ކޮމެޓީ އަށް ލިބިގެންވެއެވެ.

      ނ. ޝަރުއީ އެއްވެސް ހައްދެއްގައި ބެދި ޝަރުޢީ އެއްވެސް އަދަބެއް ލިބިއްޖެނަމަ އެ މެމްބަރަކު    މެމްބަރުކަމުން ވަކިކުރުމުގެ އިޚުތިޔާރު ޕާޓީ އަށް ލިބިގެންވެއެވެ.

      ރ. އައި،ޑީ،ޕީ ގެ މެމްބަރުން އައި،ޑީ،ޕީ ގެ މަސްލަޙަތަށާއި ޤައުމީ މަސްލަޙަތަށާއި އަމަން އަމާންކަމަށް ގެއްލުން ލިބޭފަދަ  ޢަމަލެއް ކޮށްފިކަމުގެ ޝަކުވާ އެއްވެސް ފަރާތަކުން އައި،ޑީ،ޕީ ގެ އޮފީހަކަށް ހުށަހަޅައިފިނަމަ އެ މައްސަލައެއް އައި،ޑީ،ޕީ ގެ ޤައުމީ ހިންގާ ކޮމެޓީ އިން ބެލުމަށްފަހު އެ މެމްބަރަކު ޕާޓީއިން ވަކިކުރުމުގެ އިޚުތިޔާރާއި ބާރު ޤައުމީ ހިންގާ ކޮމެޓީ އަށް ލިބިގެންވެއެވެ.

 

 

                             މާއްދާ 5

ޕާޓީ އެކުލެވިފައިވާ ގޮތް.

 

5.1 ޤައުމީ ހިންގާ ކޮމެޓީ: މިކޮމެޓީ އެކުލެވިފައިވަނީ ރައީސް، ނާއިބު ރައީސް، ހިންގާ ސެކްރެޓަރީ، ޚަޒާންދާރު އަދި މެމްބަރުންގެ ތެރެއިން އިންތިޚާބުކުރެވޭ 7 މެމްބަރުންގެ މައްޗަށެވެ.

5.2 އަތޮޅު ކޮމެޓީތައް: އަތޮޅު ކޮމެޓީ އެކުލެވިގެންވަނީ ރަށު ގޮފިީތަކުގެ ތެރެއިން ކޮންމެ ރަށެއްތަމްސީލް ކުރާ އެއް މެމްބަރަކު ހިމެނޭ ގޮތަށެވެ.

5.3 ރަށު ގޮފިތައް: ރަށު ގޮފިތަކަކީ ކޮންމެ ރަށެއްގައިވެސް ތިބޭ އައި،ޑީ،ޕީ ގެ މެމްބަރުންގެ ތެރެއިން ޤައުމީ ހިންގާ ކޮމެޓީއިން ޢައްޔަން ކުރާ ބައެކެވެ.

5.4 ލަފާދޭ ކޮމެޓީ ތައް:

      ހ. އިސްލާމް ދީނާ ބެހޭ ކޮމެޓީ.

      ށ. ތަޢުލީމާ ބެހޭ ކޮމެޓީ.

      ނ. ޤާނޫނާ ބެހޭ ކޮމެޓީ.

      ރ. ސިއްޚީ ޚިދުމަތް ތަކާބެހޭ ކޮމެޓީ.

      ބ. އިޤުތިސާދީ ކަންކަމާބެހޭ ކޮމެޓީ.

      ޅ. އިޖުތިމާޢީ ކަންކަމާބެހޭ ކޮމެޓީ.

      ކ. އިސްތިޢުނާފް ގެ މައްސަލަތަކާ ބެހޭ ކޮމެޓީ.

   ލަފާާދޭ ކޮމެޓީ ތަކަށް މީހުން އައްޔަން ކުރާނީ ޤައުމީ ހިންގާ ކޮމެޓީއިންނެވެ.

5.5 ޤައުމީ ބައްދަލުވުން.

 

 

 

މާއްދާ 6

އަހަރީ ބައްދަލުވުން.

 

އައި،ޑީ،ޕީ ގެ އަހަރީ ބައްދަލުވުމެއް ކޮންމެ އަހަރަކު އެއްފަހަރު ޤައުމީ ހިންގާ ކޮމެޓީ އިން ކަޑައަޅާތަނެއްގައި ބާއްވަންވާނެއެވެ. މި ބައްދަލުވުމަށް ކިޔާނީ 'އަހަރީ ބައްދަލުވުން' މިހެންނެވެ. މިބައްދަލުވުމުގައި ބައިވެރިވާނީ ތިރީގައިމިވާ ކޮމެޓީތަކުގެ މެމްބަރުންނެވެ.

      ހ. ޤައުމީ ހިންގާ ކޮމެޓީ.

      ށ. އަތޮޅު ކޮމެޓީތައް.

      ނ. ލަފާދޭ ކޮމެޓީ ތައް.

      ރ. މަތީގައިވާ ކޮމެޓީ މެމްބަރުންގެ އިތުރުން ޤައުމީ ހިންގާ ކޮމެޓީ އަށް ފެންނަބަޔަކު މިބައްދަލުވުމުގައި ބައިވެރިކުރެވިދާނެއެވެ.

 

މިބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ ޕާޓީގެ ރައީސެވެ. މިބައްދަލުވުމުގެ ޤާނޫނީ ޢަދަދަކީ މިކޮމެޓީ ތަކުގެ މެމްބަރުންގެ ދެބައިކުޅަ އެއްބައެވެ. މިބައްދަލުވުމުން ކަމެއްފާސްކުރާނަމަ ފާސްކުރާނީ އަޢުލަބިއްޔަތުންެނެވެ. އެހެންގޮތަކަށް ކަނަޑަނާޅާހާހިދެއްގައި މެމްބަރުންވޯޓުދޭނީ އަތްއުފުލައިގެންނެވެ. ޕާޓީގެ ހިންގާ ސެކްރެޓަރީ މިފަދަ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓަންވާނެއެވެ.

 

 

މާއްދާ 7

ޤައުމީ ބައްދަލުވުން.

 

އައި،ޑީ،ޕީ ގެ ހުރިހާ މެމްބަރުން ތަމްސީލް ކުރެވޭގޮތަށް ބޭއްވޭ ޤައުމީ ބައްދަލުވުމެއް ކޮންމެ 2 އަހަރަކުން އެއްފަހަރު ޤައުމީ ހިންގާ ކޮމެޓީ އިން ކަޑައަޅާތަނެއްގައި ބާއްވަންވާނެއެވެ. މި ބައްދަލުވުމަށް ކިޔާނީ 'ޤައުމީ ބައްދަލުވުން' މިހެންނެވެ. މިބައްދަލުވުމުގައި ބައިވެރިވާނީ ޕާޓީގެ އެކިއެކި މަޤާމްތަކަށް އިންތިޚާބު ކުރެވިފައިވާ އެންމެނާއި، އައްޔަން ކުރެވިފައިވާ އެންމެނާއި، ޤައުމީ ހިންގާކޮމެޓީއިން ކަނޑައަޅާއަދަދަކަށް، ކޮންމެ ރަށެއް ތަމްސީލް ކުރާނެ މެމްބަރުންނެވެ. މީގެ އިތުރުން ޤައުމީ ހިންގާ ކޮމެޓީއަށް ފެނުނު ދާއިރާއަކުން ފެނުނު ޢަަދަދަކަށް މެމްބަރުން ބައިވެރިކުރެވިދާނެއެވެ. 

މިބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ ޕާޓީގެ ރައީސެވެ. މިބައްދަލުވުމުގެ ޤާނޫނީ ޢަދަދު ކަޑައަޅާނީ ޤައުމީ ހިންގާ ކޮމެޓީއިންނެވެ. މިބައްދަލުވުމުން ކަމެއްފާސްކުރާނަމަ ފާސްކުރާނީ އަޢުލަބިއްޔަތުންެނެވެ. އެހެންގޮތަކަށް ކަނޑަނާޅާހާހިދެއްގައި މެމްބަރުންވޯޓުދޭނީ އަތްއުފުލައިގެންނެވެ. ޕާޓީގެ ހިންގާ ސެކްރެޓަރީ މިފަދަ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓަންވާނެއެވެ.

މި ބައްދަލުވުމުގައި ތިރީގައި މިވާ މަޤާމްތަކަށް މީހުން އިންތިޚާބު ކުރަންވާނެއެވެ.

 

 

ތިރީގައި މިވާ ކަންކަން ނިންމަންވާނީ ޤައުމީ ބައްދަލުވުމުގައެވެ.

 

 

ޤައުމީ ބައްދަލުވުމެއްގައި ފާސްކޮށްގެން މެނުވީ މެމްބަރުންގެ އަތުން ޗަންދާއެއް ނަގައިގެން ނުވާނެއެވެ.

 

 

 

މާއްދާ 8

މަޤާމް ތަކާއި ވާޖިބު ތައް.

 

7.1 ރައީސް

      ހ. ޤައުމީ ހިންގާ ކޮމެޓީގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން. ޕާޓިގެ އުސޫލުތަކަށް ރައްކާތެރިވެ އެ އުސޫލުތައް ދިފާއު ކުރުން. އިސްލާމް ދީނާއި ޑިމޮކްރެސީގެ އުސޫލުތަކާއި އެއްގޮތަށް މެމްބަރުންގެ މިންގަނޑުތަކާއި ބައިވެރިވުމާއި ހަމަހަމަކަން ކުރިއެރުވުން. އަހަރީ ބައްދަލުވުމުގައި ހިންގާ ކޮމެޓީގެ ބައްދަލުވުންތަކުގެ ރިޕޯރޓް އިއްވުން.

      ށ. މި އަސާސީ ޤަވާއިދުގެ ދަށުން ރައީސްއަށް ލިއްބައިދޭ ބާރުގެ ދަށުން ކަންތައްތައް ހިންގާ ބެލެހެއްޓުން.

      ނ. އިސްލާމް ދީނާއި ޑިމޮކްރެސީގެ އުޞޫލުތަކާއި އެއްގޮތްވާ ގޮތަށް މި ޕާޓީގެ ސިޔާސީ ކަންތައްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވުމާއި، ޕާޓީގެ މަޤުސަދުތަކުގައި ކަނޑައެޅިފައިވާ ކަންތައްތައް ވީހާވެސް ހާމަކަން ބޮޑު އުސޫލަކުން ގެންދިއުން.

      ރ. ރައީސް ގެ މަޤާމް ގެ މުއްދަތަކީ ގިނަވެގެން 5 އަހަރުގެ 2 ދައުރެވެ.

 

7.2 ނައިބުރައީސް.

      ހ. މި އަސާސީ ޤަވާޢިދުގެ 7.1 ގައި ބުނާ ރައީސް ގެ އިދާރީ ވާޖިބުތަކާއި ވަޒީފާގެ ވާޖިބުތަކުގައި ރައީސް އަށް އެހީތެރިވެ ދިނުން.

      ށ. ރާއްޖެއިން ބޭރުގައި ރައީސް ވެއްޖެހިނދެއްގައި ޕާޓީގެ އެންމެހާ ވާޖިބުތައް ބެލެހެއްޓުން.

      ނ. ދިމާވާ ސަބަބަކާހެދި ޕާޓީގެ ރައީސްގެ ވާޖިބުތައް އަދާ ނުކުރެވޭގޮތް ދިމާވެއްޖެ ހިނދެއްގައި ރައީސް ގެ ހުރިހާ ޒިންމާތަކާއި ހަވާލުވާނީ ނައިިބުރައީސް އެވެ.

      ރ. ޤައުމީ ހިންގާ ކޮމެޓީން ނާއިބު ރައީސް އާއި ހަވާލުކުރާ ދާއިމީ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާ ކުރުން.

      ބ. ނައިބުރައީސްގެ މަޤާމްގެ މުއްދަތަކީ ގިނަވެގެން 5 އަހަރުގެ 2 ދައުރެވެ.

 

7.3 ހިންގާ ސެކްރެޓަރީ.

      ހ. މިޕާޓީގެ އަސާސީ ޤަވާއިދުގައި ހިންގާ ސެކްރެޓަރީ އާއި ހަވާލުކުރެވިފައިވާ ދާއިމީ މަސްއޫލިއްޔަތުތައް އުފުލުން.

      ށ. ޕާޓީގެ އިދާރާގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ ހުރިހާ ކަމެއްގެ މަސްއޫލިއްޔަތު އުފުލުން.

      ނ. ހިންގާ ސެކްރެޓަރީ ގެ މަޤާމްގެ މުއްދަތަކީ ގިނަވެގެން 5 އަހަރުގެ 2 ދައުރެވެ.

 

7.4 ޚަޒާންދާރު.

      ހ. މިޕާޓިގެ ފައިސާ އާއިބެހޭ އެންމެހާ ކަންކަން  ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ބެލެހެއްޓުން.

      ށ. މިޕާޓީ އަށް ލިބޭ ފައިސާ އާއި ތަކެތީގެ ހިސާބުތައް ބެލެހެއްޓުމާއިި ކުރާ ޚަރަދު ތަކުގެ ތަފްސީލް ބެލެހެއްޓުން.

      ނ. ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި ނިމުނު އަހަރުގެ އޯޑިޓް ރިޕޯޓް ތައްޔާރުކޮށް ޤައުމީ ހިންގާ ކޮމެޓީ އަށް ހުށަހެޅުން.

 

 

މާއްދާ 9

މެމްބަރުންގެ ކަންތައް ބަލަހައްޓާ ކޮމެޓީ އާއި އެކޮމެޓީގެ މަސްއޫލިއްޔަތު.

 

9.1 މި ކޮމެޓީ މަސައްކަތް ކުރާނީ މި ޕާޓީ ގެ ޤައުމީ ހިންގާ ކޮމެޓީ ގެ ދަށުންނެވެ.

9.2 މި ކޮމެޓީގެ ވެރިޔަކީ ޕާޓީގެ ނައިބުރައީސް އެވެ.

9.3 ޕާޓީ އަށް މެމްބަރުން ހޯދާ އިތުރު ކުުރުމުގެ ހުރިހާ މަަސައްކަތެއް ކުރާނީ މިކޮމެޓީގެ ފަރާތުންނެވެ.

9.4 މި ކޮމެޓީގެ ފަރާތުން ޕާޓީގެ ހުރިހާ މެމްބަރުން ގެ ރަޖިސްޓްރީ ބަލަހައްޓަން ވާނެއެވެ.

9.5 މި ޕާޓީއިން މެމްބަރުން ވަކިވުމާއި ވަކިކުރުމުގެ ކަންތައް ބަލައްހައްޓާނީ މި ކޮމެޓީގެ ފަރާތުންނެވެ.

9.6 މިޕާޓީ ގެ މެމްބަރުންގެ ފުށުން ދިމާވާ އަޚުލާގީ މައްސަލަތައް ބަލާ ޤައުމީ ހިންގާ ކޮމެޓީ އަށް ހުށަހަޅާނީ މި ކޮމެޓީގެ ފަރާތުންނެވެ.

9.7 މިޕާޓީ ގެ މެމްބަރުންނަށް ޕާޓީ ގެ ޙަރަކާތްތަކާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދޭނީ މި ކޮމެޓީގެ ފަރާތުންނެވެ.

 

 

މާއްދާ 10

އެހެނިހެން ސިޔާސީ ޕާޓީ ތަކާއި ގުޅުން އުފެއްދުން.

 

10.1 ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އެއިރެއްގައި އުފެދިފައިއޮންނަ ސިޔާސީ ޕާޓީ އަކާއި ގުޅުން އުފެއްދުމުގެ އިޚުތިޔާރު މިޕާޓީގެ ޤައުމީ ހިންގާ ކޮމެޓީ އަށް ލިބިގެންވެއެވެ.

10.2 މިފަދަ ގުޅުމެއް އުފެއްދުމުގައި މިޕާޓީގެ މައިގަނޑު އަސާސްތަކާއި ފުށުނާރާ ގޮތެއްގެ މަތިން މިފަދަ ގުޅުމެއް އުފެއްދުމަށް ޤައުމީ ހިންގާ ކޮމެޓީ މަސައްކަތް ކުރަންވާނެއެވެ.

 

 

 

 

މާއްދާ 11

ޕާޓީގެ ޙަރަކާތްތައް ހިންގޭނެ ސަރަހައްދު

 

11.1 މިޕާޓީ ޙަރަކަތްތެރިވަނީ ހަމައެކަނި ދިވެހިރާއްޖޭގެ ސަރަހައްދުގައެވެ.

11.2 މިޕާޓީން އެއްވެސް ހާލަތެއްގައި ދިވެހިރާއްޖެއިން ބޭރުގެ އެއްވެސް ސިޔާސީ ޕާޓީ އަކާއި ނުވަތަ ޖަމާޢަތަކާއި ނުވަތަ ޖަމްޢިއްޔާ އަކާއި ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ ނުފޫޒު ފޯރާނޭ ކަމެއް ނުކުރާނެއެވެ.

 

 

މާއްދާ 12

އުވާލުން

 

12.1 މިޕާޓީ އުވާލެވޭނީ ޕާޓީގެ މެމްބަރުންގެ ތެރެއިން މަދުވެގެން 3/2 ބައި މެމްބަރުން ހާޒިރުވާ ޤައުމީ ބައްދަލުވުމެއްގެ 3/2 އަޢުލަބިއްޔަތުން މިޕާޓީ އުވާލުމަށް ފާސްކުރެވޭ ޤަރާރަކުންނެވެ.

 

12.2 ޝަރުއީ ކޯޓަކުން މި ޕާޓީ އުވާލުމަށް އަމުރު ނެރިއްޖެހިދެއްގައި އެމައްސަލަ އިސްތިޢުނާފަށް ހުށަހަޅާ އިސްތިޢުނާފުގެ ކޯޓުން މިޕާޓީ އުވާލުމަށް އަމުރު ނެރެފިހިދެއްގައި މި ޕާޓީ އުވާލެވިދާނެއެވެ.

 

12.3 މަތީގައިވާ އެއްވެސް ހާލަތެއް މެދުވެރިވެގެން ޕާޓީ އުވާލުުމަށް ނިންމައިފިނަމަ ހިންގާ ކޮމެޓީގެ ފަރާތުން ޕާޓީއުވާލުމުގެ ހުރިހާ ކަންތަކެއް ހަމަޖައްސަންވާނެއެވެ. އަދި ޕާޓީގެ ހުރިހާ މުދަލަކާއި މިލްކިއްޔާތުގައިވާ ހުރިހާ މުދަލެއް ވިއްކާ ފައިސާއަށް ބަދަލު ކުރުމަށްފަހު ޕާޓީން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ އެ ދަރަންޏެއް އަދާ ކޮށް ބާކީވާބަައި ﷲގެ މަގުގައި ހޭދަކުރަން ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާ، ޖަމާޢަތްފަދަ ތަންތަނަށް ހަދިޔާ ކޮށް ޚަލާސް ކުރަންވާނެއެވެ.

 

 

މާއްދާ 13

އަސާސީ ޤަވާއިދަށް ބަދަލު ގެނައުން.

 

13.1 މިޕާޓީގެ އަސާސީ ޤަވާޢިދަށް ބަދަލެއް ގެންނަން ޖެހިއްޖެހިނދެއްގައި އެކަން މިޕާޓީގެ ޤައުމީ ހިންގާ ކޮމެޓީއަށް ހުށަހަޅާ މި ކޮމެޓީގެ 3/2 އަށްވުރެ ގިނަމެމްބަރުންގެ ތާއީދު އެކަމަށް ލިބުމުން ޤައުމީ ބައްދަލު ވުމަށް ހުށަހަޅާ އެ ބައްދަލުވުމުގެ 2/1 އަށްވުރެ ގިނަމެމްބަރުންގެ ތާޢީދު ލިބިގެން ޕާޓީގެ އަސާސީ ޤަވާއިދަށް ބަދަލުގެނެވިދާނެއެވެ.

 

*************************************************************************************************