Islamic Democratic Party

އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ އަސާސީ ޤަވާޢިދު

މާއްދާ 1

ޕާޓީގެ ނަން، ކުލަ، އޮފީސް

1.1 މި ޕާޓީގެ ނަމަކީ ''އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ'' އެވެ. މިއީ ސިޔާސީ ޕާޓީ އެކެވެ. މިޕާޓީގެ ކުރުނަމަކީ އައި،ޑީ،ޕީ އެވެ. މި ޤަވާޢިދުގައި އައި.ޑީ.ޕީ އޭ ބުނުމުން ނުވަތަ ޕާޓީ އޭ ބުނުމުން މާނަ ކުރާނީ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އަށެވެ. މި ޕާޓީ އަށް އިގިރޭސި ބަހުން ވެސް ކިޔާނީ ISLAMIC DEMOCRATIC PARTY އެވެ. އަދި ޕާޓީގެ ނަން ދިވެހި ބަހުން ނުވަތަ އިގިރޭސި ބަހުން ލިޔާނަމަ ލިޔާނީ މަތީގައި އެވާ ގޮތަށެވެ.

1.2 ތިރީގައި މިވަނީ ޕާޓީގެ ނިޝާނެވެ. މި ނިޝާން އެކުލެވިގެންވަނީ ރަތް ކުލައިގެ ބެކްގުރައުންޑެއްގައި ހަނދުފަޅި ބުރަށް އެއްތަރުތީބަކުން އަތުރާލެވިފައިވާ ފަސް ތަރި އާއި އެތަރި ތަކުގެ މެދަށްވާ ގޮތަށް އިގިރޭސި ކެޕިޓަލް އަކުރުން އަޅާލެވިފައިވާ ' IDP 'މިއަކުރު ތަކުގެ މައްޗަށެވެ. މި ތަރިތަކުން ރަމްޒުކޮށްދެނީ އިސްލާމް ދީނުގެ ފަސް ރުކުނެވެ.

1.3 މިޕާޓީގެ ކުލައަކީ  ލޭ ރަތްކުލައެވެ. ތިރީގައި މިވަނީ މިޕާޓީ ރަމްޒު ކޮށްދޭ ރަތް ކުލައެވެ.

1.4 މި ޕާޓީގެ މައި އޮފީސް ހުންނާނީ ޤައުމީ މަޖްލިސްއިން ކަޑައަޅާ ތަނެއްގައެވެ. ޕާޓީގެ މައި އޮފީސް ހުންނަތަން ރަސްމީ ކޮށް އިޢުލާން ކުރެވޭނެއެވެ. މި މަޖްލިސުން ކަޑައަޅާ ތަންތަނުގައި ޕާޓީގެ އެހެނިހެން އޮފީސްތައް ޤާއިމް ކުރެވޭނެއެވެ.

         މާއްދާ 2

ޤާނޫނީ ޙާލަތު

2.1  ދިވެހި ޤައުމާއި ރައްޔިތުންނާއި އިސްލާމްދީން ކުރިއެރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމުގެ ފުރިހަމަ ޙައްޤު އައި.ޑީ.ޕީ އަށް ލިބިގެންވެއެވެ.

  2.2 އައި.ޑީ.ޕީ އަކީ އައި.ޑީ.ޕީ ގެ މަޤާމް ތަކަށް އަބަދުވެސް މީހުން އިސްވުމުގެ ފުރުޞަތު އޮތް ޕާޓީއެކެވެ.

2.3   އަމިއްލަ ނަމުގައި ދަޢުވާ އުފުލުމާއި، ދަޢުވާ ލިބިގަތުމާއި، މުދާ ހޯދުމާއި، މުދާ ދޫކުރުމުގެ ޙައްޤު އައި.ޑީ.ޕީ އަށް ލިބިގެންވެއެވެ.

   މާއްދާ 3

ޕާޓީގެ މައިގަނޑު މަޤުޞަދު ތަކާއި އުޞޫޫލުތައް.

3.1 ސައްތައިން ސައްތަ އިސްލާމީ  މިނިވަން  އަދި މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ރާއްޖެ އަބަދަށް ދެމެހެއްޓުން.

3.2 އިސްލާމީ ރިވެތި އުޞޫލު ތަކުގެ ތެރެއަށް ފެތޭ ޑިމޮކްރެސީއެއް ދިވެހި ރާއްޖޭގައި ޤާއިމް ކުރުން.

3.3 ދިވެހިރާއްޖެ އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ކުރިއަރުވާ ތަރައްޤީ ކުރުން.

3.4 ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދުތަކަކަށް ތަރައްޤީގެ ފުރުޞަތުތައް ހަމަހަމައަށް ހުޅުވާލުން.

3.5 މަސްތުވާ ތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމާއި ކުށްކުރުން މަދުކުރުން. އަދި ކުށްކުރާ ފަރާތް ތަކަށް ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އަދަބު ދިނުން.

3.6 ރާއްޖޭގެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ގޯތި ގެދޮރުގެ ތަނަވަސްކަން ހޯދައިދިނުން.

3.7 ރާއްޖޭގައި ހުޅުވާލެވިގެން ބާއްވާ އިންތިޚާބް ތަކުގައި ވާދަކުރުން.

3.8 ރާއްޖޭގައި ޢާއިލީ ގުޅުންތައް ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން.

3.9 ދިވެހިރާއްޖޭގައި ދިވެހިންނަށް އިތުރު ވަޒީފާ އުފެއްދުމާއި އެ ވަޒީފާތަކުން އެކަށީގެންވާ އުޖޫރަ ލިބޭނޭ މަގުތަނަވަސް ކުރުން.

3.10 ހަމަހަމަކަމާއެކު ފުރުސަތު ހުޅުވިފައިވާ މިނިވަން ވިޔަފާރީގެ މާހައުލެއް ޤާއިމް ކުރުން.

3.11 ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމް ހަރުދަނާ ކުރުމާއި، ރައްޔިތުންނަށް މަތީ ތަޢުލީމުގެ ފުރުސަތު ހަމަހަމަކަމާއެކު ލިބިދިނުމާއި، ފަންނީ މަސައްކަތް ތެރިކަމާއި ހުނަރު ވެރިކަން ފުޅާދާއިރާއެއްގައި ޤާއިމް ކުރުން.

3.12 ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅު ތަކަކަށް ފަސޭހައިން ދަތުރުފަތުރު ކޮށް މުދާ އުފުލޭނޭ މަގުފަހިކޮށްދިނުން.

3.13 ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ޒަމާނީ ޓެކްނޮލޮޖީ ގެ ފުރުސަތުތައް ހޯދާދިނުން.

3.14 ޢަދުލު އިންސާފުގެ ނިޒާމު މުސްތަޤިއްލު ބާރެއްގެ ގޮތުގައި ބޭއްވުން.

3.15 އަމަންއަމާން ކަމާއި، އާންމު މަސްލަހަތު ރައްކާތެރި ކުރުމާއި ޤައުމީ އެއްބައިވަންތަކަން ދިފާއުކުރުން.

3.16 ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެންގެ އިންސާނީ ހައްޤުތައް އިސްލާމްދީނަށް ފުށޫނާރާނޭ ގޮތެއްގެ މަތިން، ތަފާތުކުރުމެއްނެތި ރައްކާތެރި ކޮށް ދެމެހެއްޓުން.

3.17 ޤައުމުތަކުގެ މިނިވަން ކަމަށާއި އިސްތިޤްލާލް އަށް އިހުތިރާމް ކުރުމާއި އެކު އެ ޤައުމުތަކާއި ސުލްހަވެރި އެކުވެރި ގުޅުން ޤައިމްކުރާ ޤައުމެއްގެ ގޮތުގައި ރާއްޖެ ބޭއްވުން.

3.18 ބައިނަލް އަޤްވާމީ އަދި ސަރަހައްދީ ޖަމާއަތްތަކާއެކު ގުޅުން އުފައްދާ ޤައުމެއްގެ ގޮތުގައި ރާއްޖެބޭއްވުން.

3.19 ދިވެހި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުން.

3.20 އާބާދީ އާއި ތަރައްޤީ އެއްފަސް ކުރުން.

3.21 ވަޒީފާ އަދާ ކުރާ ފަރާތްތަކުގެ ހައްޤުތަށް ރައްކާތެރިކޮށްދިނުން.

މާއްދާ 4

މެމްބަރުކަން އަދި މެމްބަރުންގެ ޙައްޤުތަކާއި ވާޖިބުތައް.

4.1 މިޕާޓީގެ އުސޫލުތަކާއި މަޤުޞަދުތައް ޤަބޫލުކުރާ ސިޔާސީ ޕާޓީގެ ޤަވާޢިދު ހުއްދަކުރާ މުސްލިމް ކޮންމެ ދިވެހި ރައްޔިތަކަށް މިޕާޓީގެ މެމްބަރަކަށް ވުމުގެ ފުރުޞަތު އޮންނާނެއެވެ.

4.2 މިޕާޓީގެ މެމްބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠު ތަކަކީ :

ހ. މިޕާޓީގެ ސިޔާސަތު ތަކާއި، އުސޫލުތަކާއި، އަސާސީ ޤަވާޢިދާއި ޢާއްމު ބައްދަލުވުންތަކުގައި ކަނޑައަޅާ ކަނޑައެޅުން ތަކަށް އިޙްތިރާމް ކުރުން.

ށ. ޕާޓީގެ މަސްލަޙަތު ތަކަށް ބުރޫ ނާރާނެ ގޮތަށް ޕާޓީގެ މެމްބަރުންގެ އަޚްލާޤު ބެހެއްޓުން.

ނ. ޕާޓީ ކުރިއަރުވާ ތަރައްޤީ ކުރުމަށް ވެވުނު މިންވަރަކުން އެހީތެރިވުން.

4.3   ޕާޓީ ގެ އިސްމަޤާމް ތަކަށް އިންތިޚާބު ވެފައި ތިބޭ މީހުން އަންގާ ގޮތެއްގެ މަތިން ސިޔާސީ ދަޑުގައި ކުރިޔަށް ހިގަމުން ދިޔުމީ ކޮންމެ މެމްބަރެއްގެ މައްޗައް ލާޒިމް ކަމެކެވެ.

4.4 ޕާޓީގެ ހުރިހާ ޢާއްމު އިންތިޚާބް ތަކުގައި ވޯޓު ދިނުމުގެ ޙައްޤު މެމްބަރުންނަށް ލިބިގެންވެއެވެ. މިޕާޓީގެ މެމްބަރުންނަށް ޕާޓީއިން ހިންގާ ހުރިހާ ޢާއްމު ޙަރަކާތްތަކެއްގައި ބައިވެރިވުމުގެ ޙައްޤު ލިބިގެންވެއެވެ. ޕާޓީގެ ކޮންމެ މެމްބަރަކަށްވެސް ޕާޓީގެ މަޤާމް ތަކަށް ކުރިމަތިލުމުގެ ޙައްޤު ލިބިގެން ވެއެވެ. އަދި ޕާޓީގެ މަޤާމަކަށް ހޮވިއްޖެނަމަ އެމީހަކު ދިވެހިރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއްގެ މަތިން އެވާޖިބު އަދާކުރަން ޖެހޭނެއެވެ.

4.5 އައި.ޑީ.ޕީ ގެ މެމްބަރެއްނޫން އެއްވެސް މީހަކަށް އައި.ޑީ.ޕީ ތަމްސީލުކުރުމުގެ ޙައްޤު ލިބިގެނެއް ނުވެއެވެ.

4.6 އައި.ޑީ.ޕީ ގެ މެމްބަރަކަށްވުން.

ހ. އައި.ޑީ.ޕީ ގެ މެމްބަރަކަށް ވެވޭނީ މިކަމަށް އެދޭ ފޯމު ފުރާ މިޕާޓީ ގެ ކޮންމެވެސް އޮފީހަކަށް އެ ފޯމު ހުށަހެޅުމުންނެވެ. ފެކްސް ގެ ޒަރީޔާއިން ހުށަހެޅޭ ފޯމުތަކާއި އިންޓަރނެޓް ގެ ޒަރިއްޔާއިން ހުށަހެޅޭ ފޯމުތަށް ވެސް ޤަބޫލު ކުރެވޭނެއެވެ.

ށ. ޕާޓީގެ މެމްބަރަކަށް ވުމަށް އެދޭ ފަރާތެއްގެ މެމްބަރުކަން ޤަބޫލުކުރުމާއި ޤަބޫލު ނުކުރުމުގެ އިޚްތިޔާރު ޤައުމީ ހިންގާ ކޮމެޓީ އަށް ލިބިގެންވެއެވެ.

 

4.7 އައި.ޑީ.ޕީގެ މެމްބަރުކަމުން ވަކިކުރުން އަދި ވަކިވުން.

ހ. އައި.ޑީ.ޕީ ގެ މެމްބަރުކަމުން ވަކިވެވޭނީ ވަކިވުމަށް އެދި އައި.ޑީ.ޕީ ގެ ރަޖިސްޓްރާ އަށް ލިޔުމަކުން ހުށަހެޅުމުންނެވެ. މިގޮތުން ސިޓީ، ފެކްސް އަދި އިންޓަރނެޓް ގެ ޒަރިއްޔާއިން ފޮނުވާ ލިޔުންތަށް ޤަބޫލުކުރެވޭނެއެވެ. މިފަދަ ލިޔުމެއްގައި އެ މެމްބަރެއްގެ ސޮއި އޮންނަންވާނެއެވެ. އަދި މިފަދަ ލިޔުމެއް ހުށަހަޅާތާ ގިނވެގެން 15 ދުވަހުގެތެރޭގައި އެ މެމްބަރަކަށް ދޫކުރެވިފައިވާ ޕާޓީގެ މެމްބަރޝިޕް ކާޑު އަބުރާ ޕާޓީގެ ރަޖިސްޓްރާ އަށް ފޮނުވަންވާނެއެވެ.  

ށ. ޕާޓީގެ މެމްބަރަކު އެހެންޕާޓީއެއްގައި ޙަރަކާތްތެރިވާކަން އެގިއްޖެނަމަ އެމީހަކު ވަކިކުރުމުގެ އިޚުތިޔާރު އައި.ޑީ.ޕީ ގެ ޤައުމީ ހިންގާ ކޮމެޓީއަށް ލިބިގެންވެއެވެ.

ނ. ޕާޓީގެ މެމްބަރަކު ޕާޓީގެ އިއްޒަތާއި ކަރާމަތާއި ޤަދަރަށް އުނިކަން ލިބޭފަދަ އަމަލެއްކޮށްފި ކަމަށް ހުށަހެޅިއްޖެނަމަ އެ މެމްބަރަކާމެދު ފިޔަވަޅު އެޅުމުގެ އިޚުތިޔާރު ޕާޓީގެ ޤައުމީ މަޖްލިސް އަށް ލިބިގެންވެއެވެ. މިގޮތުން ޤައުމީ މަޖްލިސަށް އެޅިދާނެ ފިޔަވަޅު ތަކުގެ ތެރޭގައި ނަސޭހަތް ދިނުމާއި، އިންޒާރި ދިނުމާއި، ޕާޓީގެ ހަރަކާތްތަކުން ވަކި މުއްދަތަކަށް ސަސްޕެންޑް ކުރުން އަދި ޕާޓީގެ މެމްބަރުކަމުން ވަކިކުރުން ހިމެނެއެވެ.

ރ. މެމްބަރަކު ނިޔައުވުން. 

                     މާއްދ ާ 5 

ޕާޓީ އެކުލެވިފައިވާ ގޮތް

5.1 ޤައުމީ މަޖްލިސް.

މި މަޖްލިސް އެކުލެވިގެންވަނީ ތިރީގައިމިވާ މަޤާމް ތަކުގެ މައްޗަށެވެ.

ހ. ރައީސް

ށ. ނާއިބު ރައީސް

ނ. އާންމު މެމްބަރުންގެ ތެރެއިން ޤައުމީ ބައްދަލުވުމުގައި އިންތިޚާބު ކުރެވޭ އިތުރު ހަތް މެމްބަރުން.

ރ. ޕާޓީގެ ރައްޔިތުންގެ މަޖްލިސް ގެ ހުރިހާ މެމްބަރުން.

ބ. ޒުވާނުންގެ ކޮމެޓީ ރައީސް.

ޅ. އަންހެނުން ގެ ކޮމެޓީގެ ރައީސާ.

ކ. ކަޑައެޅޭ 5 ސަރަޙައްދު ގެ ރައީސުން.

5.1.1 ޤައުމީ މަޖްލިސް ގެ ޒިންމާތައް.

ހ. ޕާޓީ ގެ ޤައުމީ ބައްދަލުވުމުން ނިންމާ ނިންމުން ތަކާ ފުށޫ ނާރާގޮތަށް ޕާޓީގެ ސިޔާސަތުތަށް ރޭވުމާއި ހިންގުން.

ށ. ޕާޓީ ގެ ހުރިހާ ގޮފި ތަކާއި ސެލް ތަކާއި، ކޮމެޓީ ތަކާއި އެހެނިހެހެން ހުރިހާ ދާއިރާތަށް ހިގާ ނުހިގާ ގޮތް ބެލުން. އަދި ޕާޓީގެ ލަޑުދަޑިތަކަށް ވާސިލް ވުމަށްޓަކައި އެވަގުތަކަށް ގެންނަން ފެންނަ ބަދަލެއް މި ޤަވާއިދަށް  ފުށޫ ނާރާގޮތަށް ގެނައުން.

ނ. ޤައުމީ ބައްދަލުވުމުގައި އެކިއެކި ދާއިރާތަށް ތަމްސީލް ކުރާނޭ މެމްބަރުންގެ އަދަދު ކަޑައެޅުން.

ރ. ޕާޓީގެ މަޤާމު ތަކަށާއި މުވައަފުންނަށް އުޖޫރަ ކަޑައެޅުން.

ބ. ޕާޓީ ގެ އަހަރީ ހިސާބާއި އޯޑިޓް ރިޕޯރޓް ފާސްކުރުން.

5.1.2 ޤައުމީ މަޖްލިސް ގެ ޤާނޫނީ އަދަދަކީ މި މަޖްލިސްގައި ހިމެނޭ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ.

5.1.3 ޤައުމީ މަޖްލިސް ގެ ރިޔާސަތު ބަލަހައްޓާނީ ޕާޓީގެ ރައީސެވެ.

5.1.4 ޤައުމީ މަޖްލިސް އިން ކަމެއް ފާސްކުރެވޭނީ އެވަގަތު އެ މަޖްލިސް އަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

5.1.5 ޕާޓީގެ އަމީންއާންމު ޕާޓީގެ ޤައުމީ މަޖްލިސް ގެ ޔައުމިއްޔާ ލިޔެ ބަލަހައްޓަން ވާނެއެވެ.

5.2 ސަރަހައްދީ މަޖްލިސް.

ދިވެހިރާއްޖޭގެ އަތޮޅުތަށް ފަސް ސަރަހައްދަކަށް ބަހާ މި ފަސް ސަރަހައްދުން ކުރެ ކޮންމެ ސަރަހައްދެއްގައި އެ ސަރަހައްދެއް ތަމްސީލް ކުރާ ސަރަހައްދީ މަޖްލިސް އެއް އޮންނަން ވާނެއެވެ. މި މަޖްލިސް އެކުލެވިގެންވަނީ ތިރީގައިމިވާ މަޤާމް ތަކުގެ މައްޗަށެވެ.

ހ. ރައީސް

ށ. ނާއިބު ރައީސް

ނ. އެ ސަރަހައްދެއްގައި ހިމެނޭ ކޮންމެ އަތޮޅަކުން އިންތިޚާބު ކުރެވޭ މެމްބަރަކު.

5.2.1 ސަރަހައްދީ މަޖްލިސް ގެ ޒިންމާތައް.

ހ. ޕާޓީ ގެ ޤައުމީ ބައްދަލު ވުމުންނާއި، ޤައުމީ މަޖްލިސް އިން ނިންމާ ނިންމުން ތަކާ ފުށޫ ނާރާގޮތަށް ޕާޓީގެ ސިޔާސަތުތަށް އެ ސަރަހައްދެއްގައި ރޭވުމާއި ހިންގުން.

ށ. ޕާޓީ ގެ އެ ސަރަހައްދެއްގައި ހިމެނޭ ހުރިހާ ގޮފި ތަކާއި ސެލް ތަކާއި، ކޮމެޓީ ތަކާއި އެހެނިހިހެން ހުރިހާ ދާއިރާތަށް ހިގާ ނުހިގާ ގޮތް ބެލުމާއި ޕާޓީގެ ލަޑުދަޑިތަކަށް ވާސިލް ވުމަށްޓަކައި އެވަގުތަކަށް ގެންނަން ފެންނަ ބަދަލެއް ޤައުމީ މަޖްލިސް އަށް ހުށަހެޅުން.

5.2.2 ސަރަޙައްދީ މަޖްލިސް ގެ ޤާނޫނީ އަދަދަކީ މި މަޖްލިސްގައި ހިމެނޭ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ.

5.2.3 ސަރަހައްދީ މަޖްލިސް ގެ ރިޔާސަތު ބަލަހައްޓާނީ އެ ސަރަހައްދެއްގެ ރައީސެވެ.

5.2.4 ސަރަހައްދީ މަޖްލިސް އިން ކަމެއް ފާސްކުރެވޭނީ އެވަގަތު އެ މަޖްލިސް އަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

5.2.5 ސަރަހައްދީ މަޖްލިސް ގެ ސެކްރެޓޭރިއެޓް އިން ޕާޓީގެ ސަރަހައްދީ މަޖްލިސް ގެ ޔައުމިއްޔާ ލިޔެ ބަލަހައްޓަން ވާނެއެވެ.

5.2.6 ކޮންމެ ސަރަހައްދެއްގެ ސަރަހައްދީ މަޖްލިސް އިންވެސް އެ ސަރަހައްދެއްގައި ހިމެނޭ ހުރިހާ މެމްބަރުންގެ މެދުގަޔާއި، ސެލް ލީޑަރުން ގެ މެދުގަޔާއި އަދި ސަރަހައްދީ މަޖްލިސްގައި ހިމެނޭ ހުރިހާ މެމްބަރުންގެ މެދުގައި އެކުވެރި އެއްބައިވަންތަ ގުޅުމެއް ބާއްވާ އެ ގުޅުން ދެމެހެއްޓުމަށް ޓަކައި މަސައްކަތް ކުރަންވާނެއެވެ.

5.2.7 ސަރަހައްދުތައް ބެހިފައިވަނީ ތިރީގައި މިވާ ގޮތަށެވެ.

ދެކުނު ގެ ސަރަހައްދު: ސ.އަތޮޅު، ޏ.އަތޮޅު، ގއ. އަތޮޅު، ގދ. އަތޮޅު

ދެކުނުން މެދުރާއްޖެތެރޭގެ ސަރަހައްދު: ލ.އަތޮޅު، ތ.އަތޮޅު، މ.އަތޮޅު، ފ.އަތޮޅު، ދ.އަތޮޅު

މާލޭގެ ސަރަހައްދު: މާލެ، ކ.އަތޮޅު،

އުތުރުން މެދުރާއްޖެތެރޭގެ ސަރަހައްދު: އއ.އަތޮޅު، އދ.އަތޮޅު

އުތުރުގެ ސަރަހައްދު: ހއ. އަތޮޅު، ހދ.އަތޮޅު، ށ.އަތޮޅު، ނ.އަތޮޅު، ރ.އަތޮޅު، ބ.އަތޮޅު، ޅ.އަތޮޅު،ވ.އަތޮޅު

  5.3 ރަށު ގޮފިތަށް.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށެއްގެ ރަށު ގޮފި އޮންނަންވާނެއެވެ. ކޮންމެ ރަށުގޮތްޕެއްވެސް އެކުލެވިގެންވަނީ އެރަށެއްގައި އުފެދިފައިވާ ހުރިހާ 'ސެލް' ތަކެއްގައި ހިމެނޭ  މެމްބަރުންގެ މައްޗަށެވެ.

5.3.1 ރަށުގޮފީގެ ހިންގާ ކޮމެޓީ.

ކޮންމެ ރަށެއްގައިވެސް އެ ރަށެއްގައި އުފައްދާފައިވާ ހުރިހާ 'ސެލް' ތަކެއްގެ ލީޑަރުން ހިމެނޭ ރަށު ގޮފީގެ ހިންގާ ކޮމެޓީ އެއް އޮންނާނެއެވެ. މިފަދަ ކޮންމެ ގޮތްޕެއްގައި ވެސް 'ސެލް' ތަކުގެ ލީޑަރުން ދޭ ސިއްރު ވޯޓަކުން އިންތިޚާބު ކުރެވޭ ރަށުގޮފީގެ ވެރިޔަކު ހުންނަން ވާނެއެވެ. މީނާ އަށް ކިޔަނީ 'ރަށު ގޮފީގެ ވެރިޔާ' އެވެ. މި ޤަވާއިދާ އެއް ގޮތްވާގޮތުގެ މަތިން 'ސެލް' އެއް އުފައްދައިފި ކޮންމެ މީހަކަށް ރަށު ގޮފީގެ ހިންގާ ކޮމެޓީ އިން އޮޓޮމެޓިކުން ޖާގަ ލިބޭނެއެވެ. އޭނާ ތަމްސީލް ކުރާނީ އޭނާ އެ އުފެއްދި 'ސެލް' ގައި ހިމެނޭ މީހުން ނެވެ.

 

5.3.2 ރަށުގޮފީގެ ގެ ޒިންމާތައް.

ހ. ޕާޓީ ގެ ޤައުމީ ބައްދަލުވުމުންނާއި، ޤައުމީ މަޖލިސް އިންނާއި އަދި ސަރަހައްދީ މަޖްލިސް އިން ނިންމާ ނިންމުން ތަކާ ފުށޫ ނާރާގޮތަށް ޕާޓީގެ ސިޔާސަތުތަށް އެ ރަށެއްގައި ރޭވުމާއި ހިންގުން.

ށ. އެރަށެއްގައި ތިބޭ ޕާޓީގެ މެމްބަރުން ގެ ކަންތައްތައް ސެލް ތަކުގެ ލީޑަރުން މެދުވެރިކޮށް ބެލެހެއްޓުން.

ނ. ޤައުމީ މަޖްލިސް އަށާއި ސަރަހައްދީ މަޖްލިސް ތަކަށް ރަށުގެ ތަރައްޤީއާއި ރައްޔިތުންގެ ތަރައްޤީ އާއި ބެހޭ މަޢުލޫމާތުތަށް ފޯރުކޮށްދިނުން.

ރ. އިންތިޚާބު ތަކުގައި ޕާޓީ ތަމްސީލް ކުރާ މެމްބަރުންނަށް ތާއީދުކޮށް ވޯޓު ހޯދާ ދިނުމަށް މަސައްކަތް ކުރުން.

5.3.3 ރަށު ގޮފީގެ ހިންގާ ކޮމެޓީ މަދުވެގެން ކޮންމެ ތިން މަހަކުން އެއްފަހަރު ބައްދަލު ކުރަންވާނެއެވެ.

5.3.4 ރަށުގޮފީގެ ހިންގާ ކޮމެޓީ ގެ ޤާނޫނީ އަދަދަކީ މި ކޮމެޓީގައި ހިމެނޭ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ.

5.3.5 ރަށު ގޮފީގެ ހިންގާ ކޮމެޓީ ގެ ރިޔާސަތު ބަލަހައްޓާނީ ރަށު ގޮފީގެ އިސްވެރިޔާ އެވެ.

5.3.6 ރަށު ގޮފީގެ ހިންގާ ކޮމެޓީ އިން ކަމެއް ފާސްކުރެވޭނީ އެވަގުތު އެ ކޮމެޓީ އަށް ހާޒިރުވެ ތިއްބެވި 'ސެލް' ލީޑަރުންގެ އަޣުލަބިއްޔަތުންނެވެ.

5.3.7 ރަށު ގޮފީގެ ހިންގާ ކޮމެޓީން އެކޮމެޓީގެ ބައްދަލުވުން ތަކުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓަން ވާނެއެވެ.

5.3.8 ކޮންމެ ރަށެއްގެ ވެސް ރަށު ގޮފީގެ ހިންގާ ކޮމެޓީގައި ހިމެނޭ ހުރިހާ ސެލް ލީޑަރުން ގެ މެދުގަޔާއި އެ ރަށެއްގައި ހިމެނޭ ޕާޓީގެ ހުރިހާ މެމްބަރުނެގެ މެދުގައި އެކުވެރި ގުޅުމެއް ބާއްވާ އެ ގުޅުން ދެމެހެއްޓުމަށް ޓަކައި މަސައްކަތް ކުރަންވާނެއެވެ.

5.4 ސެލް އުފެއްދުން.

ސެލްއެއް އުފެއްދޭނީ ސެލް އުފެއްދުމަށް ޤަސްތު ކުރާ މީހަކު މަދުވެގެން ޕާޓީއަށް އާ 20 މީހުންވައްދާ މިމީހުންޕާޓީގެ މެމްބަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމުންނެވެ. ސެލް އެއްގައި އެންމެ ގިނަވެގެން ތިބެވޭނީ 39 މެމްބަރުންނަށެވެ. ސެލް ގައި ތިބޭ މެމްބަރުންނަށް އެއް ސެލް އިން އަނެއް ސެލް އަށް ބަދަލު ވެވިދާނެއެވެ.

5.4.1 ސެލް ލީޑަރު.

ކޮންމެ ސެލް އެއްވެސް އުފެއްދުމަށް ޓަކައި މަދުވެގެން 20 މީހުންގެ ސޮއި ހޯދާ އެ މީހުން ޕާޓީ އަށް  ވެއްދި މީހަކީ އެސެލް އެއްގެ ލީޑަރެވެ.

5.4.2 ސެލް ލީޑަރުގެ ޒިންމާތައް.

ހ. އެ ސެލްގައި ހިމެނޭ ހުރިހާ މެމްބަރުން ގެ ހާލު އަހުވާލު ބެލުމާއި އެ މެމްބަރުނާއި ވީހާވެސް ގާތް އެކުވެރި ގުޅުމެއް އުފައްދާ އެ ގުޅުން ދެމެހެއްޓުން.

ށ. އިންތިޚާބު ތަކުގައި ޕާޓީގެ ކެންޑީޑޭޓަށް ވޯޓު ލުމަށް ސެލްގައި ހިމެނޭ މެމްބަރުން ގެ ކިބައިން އެދުމާއި އެ މެމްބަރުންނަށް ޕާޓީގެ ކެންޑިޑޭޓް ތަޢާރަފް ކޮށްދިނުމާއި  ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ހޯދައިދިނުން.

 

ނ. އެ ސެލް އެއްގައި ހިމެނޭ މަދުވެގެން 20 މެމްބަރުން ގެ ތާއީދު އަބަދުވެސް އެ ސެލް ލީޑަރަކަށް ލިބިފައި އޮންނަންވާނެއެވެ. އޭނާ ވާން ވާނީ އެ މެމްބަރުން ބަލައިގަންނަ މީހަކަށެވެ. ސެލް އެއްގައި 20 މީހުންނަށް ވުރެ މަދު ވެއްޖެނަމަ އަބަދުވެސް އެ އަދަދު ހަމަކުރަން ވާނެއެވެ.

 

  5.5 އަތޮޅު ކޮމެޓީ އުފެއްދުމާއި އުވާލުން.

ޤައުމީ މަޖްލިސް އަށް ފެނިއްޖެ ހިދެއްގައި އެ ފެނުނު އަތޮޅެއްގައި އަތޮޅު ކޮމެޓީ އެއް އުފެއްދި ދާނެއެވެ. އަދި އެ ކޮމެޓީ އުވާލަން ފެނިއްޖެނަމަ އެ ފަދަ ކޮމެޓީ އެއް އުވާވެސް ލެވިދާނެއެވެ.

5.6 ލަފާދޭ ކޮމެޓީތައް.

ތިރީގައި މިވާ ދާއިރާތަކާ ގުޅޭ ގޮތުން ޕާޓީގެ ޤައުމީ މަޖްލިސް އަށް ލަފާދޭ ދާއިމީ ކޮމެޓީތަކެއް އުފެދިފައި އޮންނަންވާނެއެވެ.

 

  ހ. އިސްލާމްދީނާއި ބެހޭ ކޮމެޓީ.

  ށ. ތަޢުލީމަ ބެހޭ ކޮމެޓީ.

  ނ. ޤާނޫނީ ކަންކަމާބެހޭ ކޮމެޓީ.

  ރ. ސިއްޚީ ޚިދުމަތް ތަކާބެހޭ ކޮމެޓީ.

  ބ. އިޤުތިސާދީ ކަންކަމާބެހެ ކޮމެޓީ.

  ޅ. އިޖުތިމާއީ ކަންކަމާބެހެ ކޮމެޓީ.

  ކ. އާއިލީ ގުޅުންތަކާބެހޭ ކޮމެޓީ.

  އ.  ދަތުރުފަތުރާ ބެހޭ ކޮމެޓީ.

  ވ. އިސްތިއުނާފް އާއިބެހޭ ކޮމެޓީ.

  މ. އަޚުލާޤީ މައްސަތަކާބެހޭ ކޮމެޓީ.

  5.7 ލަފާދޭ ކޮމެޓީ ތަކައް މެމްބަރުން އައްޔަން ކުރުމާއި އިތުރު ކޮމެޓީ އުފެއްދުން.

ލަފާދޭ ކޮމެޓީ ތަކައް މެމްބަރުން އައްޔަން ކުރާނީ ޤައުމީ މަޖްލިސް ގެ އަޢުލަބިއްޔަތުންނެވެ. އެ ވަގުތަކަށް ޤައުމީ މަޖްލިސް އަށް ފެނުނު އަދަދަކަށް ލަފާދޭ ކޮމެޓީތަކުގައި މެމްބަރުން ބޭތިއްބިދާނެއެވެ. އަދި ޤައުމީ މަޖްލިސް އަށް ފެނިއްޖެ ހާލަތެއްގައި އިތުރު ލަފާދޭ ކޮމެޓީ އުފެއްދިދާނެއެވެ.

5.8 މެމްބަރުންގެ ކަންތައް ބަލަހައްޓާ ކޮމެޓީ.

ހ. މި ކޮމެޓީ މަސައްކަތް ކުރާނީ މި ޕާޓީ ގެ ޤައުމީ މަޖްލިސް ގެ ދަށުންނެވެ.

ށ. މި ކޮމެޓީގެ ވެރިޔަކީ ޕާޓީގެ ނައިބުރައީސް އެވެ.

  5.8.1 މެމްބަރުންގެ ކަންތައް ބަލަހައްޓާ ކޮމެޓީގެ މަސްއޫލިއްޔަތު.

ހ. ޕާޓީ އަށް މެމްބަރުން ހޯދާ އިތުރު ކުރުން.

ށ. ޕާޓީގެ ހުރިހާ މެމްބަރުން ގެ ރަޖިސްޓްރީ ބެލެހެއްޓުން.

ނ. ޕާޓީއިން މެމްބަރުން ވަކިވުމާއި ވަކިކުރުމުގެ ކަންތައް ބެލެހެއްޓުން.

ރ. ޕާޓީ ގެ މެމްބަރުންގެ ފުށުން ދިމާވާ އަޚުލާގީ މައްސަލަތައް ބަލާ ތަހުޤީޤް ކުރުން. މިފަދަ މައްސަލައެއް ބެލޭނީ ޕާޓީގެ ޤައުމީ ހިންގާ ކޮމެޓީން އެދިއްޖެ ހާލެއްގައެވެ.

ބ. ޕާޓީ ގެ މެމްބަރުންނަށް ޕާޓީ ގެ ޙަރަކާތްތަކާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުން.

ޅ. މެމްބަރުން ހުށަހަޅާ މައްސަލަތައް ޤައުމީ މަޖްލިސަށް ގެނައުން.

5.9 ޒުވާނުންގެ ކޮމެޓީ.

ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތިބި ޒުވާނުންނާއި އަދި ވަކިން ޚާއްސަކޮށް ޕާޓީގައި ތިބި ޒުވަނުންނާ ބެހޭ މައްސަލަތައް ދެނެގަނެ އެކަންތައް ބަލަހައްޓާ ކޮމެޓީ އެއް ޕާޓީގައި އޮންނަންވާނެއެވެ. މި ކޮމެޓީ އެކުލެވިގެންވަނީ ޤައުމީ މަޖްލިސް އިން އައްޔަން ކުރާ ބަޔެއްގެ މައްޗަށެވެ. މި ކޮމެޓީގެ އެންމެ އިސް ވެރިޔަކީ ޤައުމީ ބައްދަލުވުމުން އިންތިޚާބު ކުރެވޭ 'ޒުވަނުންގެ ކޮމެޓީގެ ރައީސް' އެވެ.

 5.9.1 ޒުވާނުންގެ ކޮމެޓީގެ މަސްއޫލިއްޔަތުތައް.

ހ. ދިވެހިރާއްޖެއާއި ޕާޓީގައި ތިބި ޒުވާނުންގެ ޚާއްސަ ބޭނުންތައް ދެނެގަތުމާއި އެބޭނުންތައް ޤައުމީ މަޖްލިސް އަށް ގެނައުން.

ށ. ސިޔާސީ މައިދާނުގައި ޒުވާނުންގެ ދައުރު ފުޅާ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތް ތަކެއް ކުރުން.

ނ. ދިވެހި ޒުވާނުންނަކީ ޒިންމާދާރު ބަޔަކަށް ހެދުމަށާއި ކުށްކުރުމާއި އަމަލުވާ އެއްޗެތީގެ ވަބާއިން ޒުވާނުން ދުރުކުރުމަށާއި އިސްލާމްދީނަށް ކަމޭ ހިތާ ބަޔަކަށް ދިވެހި ޒުވާނުން ހެދުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ޕާޓީގެ ޤައުމީ ޖަލްސާ އަށް ހުށަހެޅުމާއި އެކަންކަމާ ބެހޭ ގޮތުން ހުރިހާ މައިދާނެއްގައި ވަކަލާތު ކުރުމާއި އަޑުއުފުލުން.

5.10 އަންހެނުންގެ ކޮމެޓީ.

 

ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތިބި އަންހެނުންނާ ބެހޭ މައްސަލަތައް ދެނެގަނެ އެކަންއެކަން ޕާޓީގެ ސަމާލު ކަމަށް ގެނައުމައްޓަކައި ޕާޓީގައި އަންހެނުން ގެ ކޮމެޓީ އެއް އޮންނަން ވަނެއެވެ. މި ކޮމެޓީ އެކުލެވިގެންވަނީ ޤައުމީ މަޖްލިސް އިން އައްޔަން ކުރާ އަންހެން މެމްބަރުންގެ މައްޗަށެވެ. މި ކޮމެޓީގެ އެންމެ އިސް ވެރިޔަކީ ޤައުމީ ބައްދަލުވުމުން އިންތިޚާބު ކުރެވޭ 'އަންހެނުންގެ ކޮމެޓީގެ ރައީސާ' އެވެ.

5.10.1 އަންހެނުންގެ ކޮމެޓީގެ މަސްއޫލިއްޔަތުތައް.

ހ. ދިވެހިރާއްޖެއާއި ޕާޓީގައި ތިބި އަންހެނުންގެ ބޭނުންތައް ދެނެގަތުމާއި އެބޭނުންތައް ޤައުމީ މަޖްލިސް އަށް ގެނައުން.

ށ. ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތް ތަކެއް ކުރުން.

ނ. އަންހެނުންނަށް ލިބިފައިވާ ހަމަހަމަ ފުރުސަތު ދެމެހެއްޓުމަށް މަސައްކަތްކުރުމާ އަންހެނުންނަށް ކުރެވޭ އެކިއެކި ގޯނާތައް ޕާޓީގެ ސަމާލުކަމަށް ގެނައުމަށްޓަކައި ޕާޓީގެ ޤައުމީ ޖަލްސާ އަށް ހުށަހެޅުމާއި އެކަންކަމާ ބެހޭ ގޮތުން ހުރިހާ މައިދާނެއްގައި ވަކަލާތު ކުރުމާއި އަޑުއުފުލުން.

5.11 ޕާލިމެންޓްރީ ގްރޫޕް.

ޕާޓީގެ މެމްބަރުންގެ ތެރއިން ރައްޔިތުންގެ މަޖްލިސް އަށާއި ރައޔިތުންގެ ޚާއްސަ މަޖްލިސް އަށް އިންތިޚާބު ވެފައިވާ މީހުންގެ މައްޗައް އެކުލެވޭ ކޮމެޓީ އެއް އޮންނަންވާނެއެވެ. މި ކޮމެޓީ އަށް ކިޔާނީ 'ޕާލިމެންޓްރީ ގްރޫޕް' މި ހެންނެވެ. މި ކޮމެޓީގެ މަސައްކަތް ރާވަ ހިންގާނީ މި ކޮމެޓީ އިން ކަޑައަޅާ ގޮތަކަށެވެ. މި ކޮމެޓީ ގެ އެންމެ އިސްވެރިޔަކަށް ހުންނަ މީހަކު ޕާޓީގެ ރައީސް އަށް ޖަވާބު ދާޜީ ވަންވަނެއެވެ.

5.12 ރައްޔިތުންގެ ފައިދާ އާއި ލާބަ އަށް ޓަކައި އެކިއެކި މަޤަސަދުތައް ހާސިލް ކުރުމަށްޓަކައި ޤާއިމް ކުރެވޭ ގްރޫޕްތައް.

ދިވެހި ރައްޔިތުންގެ ފައިދާ އާއި ލާބައަށް ޓަކައި އެކިއެކި ކަންކަން ކުރިއެރުވުމަށާއި އެކިއެކި މަސްލަހަތު ރައްކާތެރިކޮށް ދިފާއު ކުރުމަށް ޕްރެޝަރ ގްރޫޕް ޕާޓީ ތެރޭގައި އުފެއްދިދާނެއެވެ. މިފަދަ ގްރޫޕް ތަކުގެ މަޤްސަދާއި ލަޑުދަޑިތައް އެގޭގޮތައް ޕާޓީގެ ރަޖިސްޓްރާ އަށް ލިޔުމުން ހުށަހަޅަން ވާނެއެވެ. އަދި ޕާޓީގެ ރަޖިސްޓްރާ މިފަދަ ގްރޫޕް ތަކާއި ބެހޭ މަޢުލޫމާތު ޕާޓީގެ ޤައުމީ މަޖްލިސް އަށް ހުށަހަޅާ އެ މަޖްލިސް ރުހުން ލިބުމުން ޕާޓީގެ ދަފުތަރުގައި ރަޖިސްތްރީ ކޮށްދޭން ވާނެއެވެ. އަދި މި ގޮތައް އުފެދޭ ގްރޫޕްތައް އެކަށީގެންވާ ގޮތެއްގައި ހަރަކާތްތެރި ނުވާނަމަ ނުވަތަ ޕާޓީގެ މަސްލަހަތު ގެއްލޭ ކަމަށް ޕާޓީ ގެ ޤައުމީ މަޖްލިސް އަށް ފެނިއްޖެނަމަ އެފަދަ ގްރޫޕްތައް އުވަލުމުގެ ހައްޤު ޕާޓީގެ ޤައުމީ މަޖްލިސް އަށް ލިބިގެންވެއެވެ.

  5.13 ޤައުމީ ބައްދަލުވުން.

 

ޕާޓީގެ ހުރިހަ މެމްބަރުން ތަމްސީލް ކުރެވޭ ގޮތައް ބޭއްވޭ ޤައުމީ ބައްދަލުވުމެއް ކޮންމެ ހަތަރު އަހަރުކުން އެއްފަހަރު ޤައުމީ ހިންގާ ކޮމެޓީން ކަޑައަޅާތަނެއްގައި ބާއްވަންވަނެއެވެ. މި ބައްދަލު ވުމަށް ކިޔާނީ  'ޤައުމީ ބައްދަލުވުން' މިހެންނެވެ.

  5.13.1 ޤައުމީ ބައްދަލު ވުމުގެ ބައިވެރީން.

ޤައުމީ ބައްދަލު ވުމުގައި ބައިވެރިވާނީ ތިރީގައި މިވާ މީހުންނެވެ.

ހ. ޕާޓީގެ އެކިއެކި މަޤާމްތަކަޢް އިންތިޚާބު ކުރެވިފައިވާ އެންމެން.

ށ. ޕާޓީގެ އެކިއެކި މަޤަމްތަކައް އައްޔަން ކުރެވިފައިވާ މެމްބަރުންގެ ތެރެއިން ޕާޓީގެ ޤައުމީ މަޖްލިސް އަށް ފެނުބަޔަކު.

ނ. ޤައުމީ މަޖްލިސްއިން ކަޑައަޅާ އަދަދަކަށް ކޮންމެ ރަށެއްގެ ރަށު ގޮތްޕާއި ސަރަހައްދީ މަޖްލިސް ތައް ތަމްސީލް ކުރާނޭ މެމްބަރުން.

ރ. ރައްޔިތުންގެ މަޖްލިސްގެ މެމްބަރުންގެ ތެރެއިން ރައްޔިތުންގެ މަޖްލިސް އަށް އިންތިޚާބު ކުރެވިފައިވަ ޕާޓީގެ ހުރިހާ މެމްބަރުންނާއި، ރައްޔިތުންގެ ޚާއްސަ މަޖްލިސް އެއްކުރެވިފައިވާނަމަ އެ މަޖްލިސް ގެ މެމްބަރުންގެ ތެރެއިން ޚާއްސަ މަޖްލިސް އަށް އިންތިޚާބު ކުރެވިފައިވާ ޕާޓީގެ ހުރިހާ މެމްބަރުން.

ރ. ޕާޓީ ގައި އުފެދިފައިވާ އެކިއެކި ޕްރެޝަރ ގްރޫޕް ތަކުގެ ތެރެއިން ކޮންމެ ޕްރެޝަރ ގްރޫޕަކުން 2    މެމްބަރުން.

ބ. މަތީގައި އެވާ ފަރާތްތަކުގެ އިތުރުން ޕާޓީގެ ޤައުމީ މަޖްލިސް އަށް ފެނުނު ބަޔަކު.

  5.13.2 ޤައުމީ ބައްދަލު ވުމުގެ ޤާނޫނީ އަދަދު.

ޤައުމީ ބައްދަލު ވުމުގެ ޤަނޫނީ އަދަދަކީ ޕާޓީގެ ޤައުމީ ބައްދަލު ވުމަށް ކަޑައެޅިފައިވާ ޖުމްލަމެމްބަރުންގެ ތެރެއިން މަދުވެގެން ތިން ބައި ކުޅަ އެއްބަޔެވެ.

5.13.3 ޤައުމީ ބައްދަލު ވުމުގެ ރިޔާސަތު ބެލެހެއްޓުމާއި ކަމެއް ފާސް ކުރުން.

ޤައުމީ ބައްދަލު ވުމުގެ ރިޔާސަތު ބަލަހައްޓާނީ ޕާޓީގެ ރައީސެވެ. އޭނާ ނެތް ހަލަތެއްގައި ޕާޓީގެ ނާއިބު ރައީސެވެ. މި ބައްދަލު ވުމުން ކަމެއް ފާސް ކުރަނަމަ ކަމެއް ފާސްކުރެވެނީ ހާޒިރުވެ ތިއްބެވި މެމްބަރުންގެ އަޢުލަބިއްޔަތުންނެވެ. މިފަދަ ބައްދަލު ވުންތަކުގައި އެހެން  ގޮތަކަށް ކަޑަނަޅާހާ ހިދެއްގައި ވޯޓު ދޭނީ އަތް އުފުލައިގެންނެވެ. ޕާޓީގެ އަމީން އާންމު މިފަދަ ބައްދަލު ވުންތަކުގެ ޔައުމިއްޔަ ލިޔެ ބަލަހައްޓަން ވަނެއެވެ.

5.13.4 ޤައުމީ ބައްދަލު ވުމުގައި އިންތިޚާބު ކުރެވޭ މަޤާމް ތައް.

ޤައުމީ ބައްދަލު ވުމުގައި ތިރީގައި މިވާ މަޤާމްތަކައް މީހުން އިންތިޚާބް ކުރަންވާނެއެވެ. މި އިންތިޚާބުގައި ދޭންވާނީ ސިއްރު ވޯޓެވެ.

ހ. ރައީސް

ށ. ނާއިބު ރައީސް

ނ. އާންމު މެމްބަރުންގެ ތެރެއިން ޤައުމީ މަޖްލިސް އަށް އިންތިޚާބު ކުރެވޭ އިތުރު ހަތް މެމްބަރުން.

ބ. އިތުރު 7ރ. ޒުވާނުންގެ ކޮމެޓީ ރައީސް.

ބ. އަންހެނުން ގެ ކޮމެޓީގެ ރައީސާ.

ޅ. ކަޑައެޅޭ 5 ސަރަޙައÄ